އީފާސް ބޭނުންކުރުމުގައި އެއްބަސްވެވޭ ކަންތައް

އީފާސް ބޭނުންކުރުމުގައި އެއްބަސްވެވޭ ކަންތައް

އީފާސް ސިއްރުހިފެއްޓުމާބެހޭ އެންގުން އަކީ، މިއިދާރާއިން އެއްކުރާ ތިޔަފަރާތުގެ މަޢުލޫމާތު ރައްކާކޮށް ބަލަހައްޓާގޮތް ބުނެދޭ ލިޔުމެވެ. މި އެއްބަސްވެވޭ ކަންކަމާއި ޝަރުޠުތަކަކީ، ތިޔަ ފަރާތުން އީފާސް ސިސްޓަމް ބޭނުންކުރުމުގައި އެއްބަސްވެވޭ ކަންކަމާއި ޝަރުޠުތަކެކެވެ. ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއަކީ، ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ޤައުމީ އިދާރާއެވެ. ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން އީފާސް ސިސްޓަމް ގާއިމުކޮށްފައިވަނީ، ކޮންމެ މީހަކަށްވެސް އޮންލައިންކޮށް އަދި ފަރުދީގޮތުން އެމީހަކީ ކާކުކަން ޔަޤީންކޮށް ކަށަވަރުކޮށްދެވޭނޭ ރައްކާތެރި ޑިޖިޓަލް މާޙައުލެއްގެ ގޮތުގައެވެ.

މި އެއްބަސްވެވޭ ކަންކަމާއި ޝަރުޠުތަކުގެ މައްޗަށް ހިނގާނީ ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުތަކެވެ.

އެއްބަސްވެވޭ ކަންކަން

އީފާހަށް ވަނުމުގައާއި އީފާސް ބޭނުންކުރުރުމުގައި ޢަމަލުކުރަންވާނީ، މި ބޭނުންކުރުމުގައި އެއްބަސްވެވޭ ކަންކަން ގައި ބަޔާންކޮށްފައިވާ ކަންކަމާ އެއްގޮތްވާގޮތުގެ މަތިންނެވެ. މި ބޭނުންކުރުމުގައި އެއްބަސްވެވޭ ކަންކަން އަށް އެކިދުވަސްމަތިން ބަދަލު ގެނެވިދާނެއެވެ. އަދި އެ އިރެއްގައި އީފާސް ބޭނުންކުރާނީ އެ އިރެއްގައި މި ސަފްޙާގައި ޝާއިއުކޮށްފައިވާ ބޭނުންކުރުމުގައި އެއްބަސްވެވޭ ކަންކަން އާ އެއްގޮތަށެވެ.

އީފާސް ސަރވިސްއަށް ވަދެ ބޭނުންކުރަނީ، އެއިރެއްގައި އޮންނަ "ބޭނުންކުރުމުގައި އެއްބަސްވެވޭ ކަންކަން" ތިޔަފަރާތުގެ މައްޗަށް ހިނގާނެކަމަށް ތިޔަފާރާތުން ޤަބޫލުކޮށްގެނެވެ.

އީފާސް އެކައުންޓަށް ވަނުމަށް ބޭނުންކުރާ ވަސީލަތް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ތިޔަފާރާތުގެ އަމިއްލަ ޒިންމާއެކެވެ. އީފާސް ސިސްޓަމް ބޭނުންކުރުމުގައި އެންސީއައިޓީ އިން ކަނޑައަޅާފައިވާ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ އެންމެހާ ކަންކަމާއި އިރުޝާދުތަކާ އެއްގޮތަށް ތިޔަފަރާތުން ޢަމަލުކުރަންވާނެއެވެ.

ތިޔަފަރާތުން:

  • ޣައިރު ޤާނޫނީ ނުވަތަ ނުރަނގަޅު މަޤްޞަދެއްގައި އީފާސް ކްރެޑެންޝަލް ބޭނުންކޮށްގެން ނުވާނެއެވެ.
  • އީފާސް ޕާސްވޯޑް އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
  • އީފާސް އެކައުންޓް ހެދުމަށާއި، އަދި ތިމާއަކީ ކާކުކަން ކަށަވަރުކޮށްދިނުމަށް ބޭނުންކުރަންވާނީ އެންމެފަހުގެ، ފުރިހަމަ، ސައްޙަ އަދި ތެދު މަޢުލޫމާތެވެ.
  • އީފާސް ސިސްޓަމް ބޭނުންނުކުރާނަމަ، ބްރައުޒަރގެ ސެޝަންތައް އަބަދުވެސް ބަންދުކުރަންވާނެއެވެ. އަދި ބްރައުސްކުރަން ބޭނުންކުރާ ވަސީލަތް ތަޅުލާން ވާނެއެވެ.
  • އީފާސް އެކައުންޓް ނުވަތަ އީފާސް ކްރެޑެންޝަލްގެ ރައްކާތެރިކަމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ހިނގައިފިކަމަށް ގަބޫލުކުރެވިއްޖެނަމަ އެންސީއައިޓީ ހެލްޕް ޑެސްކަށް އެކަން އަންގަންވާނެއެވެ.

އީފާސް ސިސްޓަމް

އީފާސް ސިސްޓަމްގައި ހިމެނޭނީ އީފާސްގެ ހުރިހާ ޚިދުމަތްތަކާއި، އީފާސް ކްރެޑެންޝަލް އަދި އީފާސް ސޮފްޓްވެއަރއެވެ.

އީފާސް ސިސްޓަމް ބޭނުންކުރުމަށްޓަކައި ތިޔަފަރާތުން:

  • އީފާސް އެކައުންޓް ހެދުމަށާއި، އަދި ތިމާއަކީ ކާކުކަން ކަށަވަރުކޮށްދިނުމަށް ބޭނުންކުރަންވާނީ އެންމެފަހުގެ، ފުރިހަމަ، ސައްޙަ އަދި ތެދު މަޢުލޫމާތެވެ. މީގެ ތެރޭގައި ސަރުކާރުން ދޫކޮށްފައިވާ ކާކުކަން އަންގައިދޭ ލިޔުމެއްގައި ހިމެނޭ އަމިއްލަ މަޢުލޫމާތު ހިމެނޭނެއެވެ.
  • ޞައްޙަ ނޫން އައިޑެންޓިޓީ އުފެއްދުމަށާއި، ތިމާއަކީ އެހެން މީހެއްގެ ގޮތުގައި ދެއްކުމަށާއި ނުވަތަ އެނޫން ގޮތަކުންވިޔަސް ތިމާގެ އައިޑެންޓިޓީ އޮޅުވާލުމަށްޓަކައި އީފާސް ސިސްޓަމް ބޭނުންކޮށްގެން ނުވާނެއެވެ.

ޤާނޫނުން ހުއްދަކުރާ މިންވަރަށް އެންސީއައިޓީ އިން:

  • އީފާސް ސިސްޓަމްގެ ކޮންމެ ބައެއް، އެ ހުރި ގޮތަށް އަދި އެއްވެސް އަގަކާނުލައި ފޯރުކޮށްދޭނެއެވެ.
  • ބެންހުރުން، ރައްކާރެތިކަން، ފެންވަރު އަދި ވަކިކަމަށް ބޭނުކުރުމުގެ ޤާބިލުކަންހުރި މިންވަރުވެސް ހިމެނޭ ގޮތުން) ނުދެއެވެ.
  • އީފާސް ސިސްޓަމްގައި ހިމެނޭ އެއްވެސް ބައެއްގެ ސަބަބުން ނުވަތަ އެއިން ބަޔަކާ ގުޅިގެން ނުވަތަ އެއިން ބައެއްގެ ލިބިދިނުމުގައި ނުވަތަ ބޭނުންކުރުމުގައި ނުވަތަ އެއިން ބައެއްގެ ފެންވަރާ ގުޅިގެން، ސީދާ ގޮތުން ވިޔަސް އަދި ނުސީދާ ގޮތުން ވިޔަސް ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށްކަމަށް ވިޔަސް، ލިބޭ އެއްވެސް ގެއްލުމަކަށް (ހާއްޞަ، ނުސީދާ ނުވަތަ ނަތީޖާއެއްގެ ގޮތުން) ޒިންމާ އުފުލަން ނުޖެހޭނެއެވެ.

އީފާސް ސޮފްޓްވެއަރ

އެންސީއައިޓީ އިން، އީފާސް އެޕްލިކޭޝަނާއި ސޮފްޓްވެއަރ (ސޮފްޓްވެއަރ) ތިޔަފަރާތަށް ލިބިދެނީ، އެއަށް އެއްވެސް ބަދަލެއް ނުގެނެސް، ހަމައެކަނި އީފާސް ސިސްޓަމާއެކު ބޭނުން ކުރުމަށްޓަކައެވެ.

ތިޔަފަރާތުން ކޮށްގެންނުވާނެ ކަންކަން:

  • ޑީކޮމްޕައިލްކުރުން، ރިވާސް އިންޖިނިއަރ ކުރުން، ޑިސްއެސެމްބްލް ކުރުން ނުވަތަ ސޮފްޓްވެއަރގެ ސޯސް ކޯޑް ހޯދުމަށް މަސައްކަތްކުރުން.
  • ސޮފްޓްވެއަރގެ މައްޗަށް ބިނާކޮށް އެހެން ތަކެތި ނުވަތަ މަސައްކަތްތައް އުފެއްދުން ނުވަތަ ކޮންމެވެސް އެހެން ގޮތަކުން އެއަށް ބަދަލުގެނައުން.
  • ސޮފްޓްވެއަރ ނުވަތަ އޭގެ ވަރޝަންތަކުގެ ކޮޕީތައް ބެހުން.

...

Your key to a digital Maldives

Stay in touch
Available in public preview